18/01/2026
ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމާއެކު، އަތޮޅުތެރޭގެ އެމްބިއުލާންސްގެ ޚިދުމަތް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށް މިނިސްޓްރީ އޮފް ހެލްތުން ފަށާފައިވާ މުހިންމު މަޝްރޫޢުގެ ދަށުން، މިއަހަރުގެ ފުރަތަމަ ބެޗުގެ އެމްބިއުލާންސްތައް ވަނީ ޙަވާލުކުރެވިފަ.
މި ފިޔަވަހީގައި އެމްބިއުލާންސް ޙަވާލުކުރެވުނު ށ.އަތޮޅުގެ 5 ފެސިލިޓީތަކަކީ:
ށ. އަތޮޅު ހޮސްޕިޓަލް
ށ. ޅައިމަގު ސިއްޙީ މަރުކަޒު
ށ. މާއުނގޫދޫ ސިއްޙީ މަރުކަޒު
ށ. ނޫމަރާ ސިއްޙީ މަރުކަޒު
ށ. މިލަންދޫ ސިއްޙީ މަރުކަޒު
މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ އަތޮޅުތެރޭގައި ހިންގާ ހޮސްޕިޓަލްތަކާއި ސިއްޙީ މަރުކަޒުތަކުގެ އެމްބިއުލާންސްގެ ގޮތުގައި ބެނުންކުރެވޭ ވެހިކަލްތަކަކީ ޒަމާނީ ވަސީލަތަކަށް ހެދުން. ސިއްޙީ ދާއިރާ ހަރުދަނާކުރުމަށް ކުރެވޭ މިފަދަ މަސައްކަތްތަކާއެކު، ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެ.
photo credit MOH media