Dharanboodhoo Health Centre

Dharanboodhoo Health Centre F. Dharanboodhoo Health Centre's Official Facebook Handle. Providing Health Care

14/02/2026

You can reduce your risk of with these simple lifestyle changes:

🥦 Eat more fruits & vegetables
🧂 Cut down on salt
🚫 Avoid trans & saturated fats
⚖️ Maintain a healthy weight
🏃 Stay active every day

އެމްބިއުލާންސްގެ ޚިދުމަތް ހަރުދަނާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށް ދިނުމަށް  2026 ޖަނަވަރީ 18 ވަނަ ދުވަހު، ސަރުކާ...
13/02/2026

އެމްބިއުލާންސްގެ ޚިދުމަތް ހަރުދަނާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށް ދިނުމަށް 2026 ޖަނަވަރީ 18 ވަނަ ދުވަހު، ސަރުކާރުން މި ސިއްޙީމަރުކަޒަށް ހަމަޖައްސަވައި ދެއްވި އެމްބިއުލޭންސް މިއަދު ވަނީ ލިބިފައި.
ރާއްޖޭގެ ރައްޔިތުންނަށް ފެންވަރު ރަނގަޅު އަދި އަވަސް ސިއްޙީ ޚިދުމަތްތައް ފޯރުކޮށް ދިނުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށާއި، ސިއްޙަތާއި ބެހޭ ވުޒާރާއިން މެދު ކެނޑުމެއްނެތި ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތަކަށް ޝުކުރު އަދާކުރަން.

Ministry of Health

10/02/2026
07/02/2026

ފ. ދަރަނބޫދޫ ކައުންސިލްގެ 67 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، އެ ކައުންސިލަށް އިޚްލާޞްތެރި ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރަމެވެ. 🇲🇻

މި އުފާވެރި މުނާސަބަތުގައި، ދަރަނބޫދޫގެ ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ކައުންސިލުން ފާއިތުވި 67 އަހަރު ދުވަހު ކުރައްވާފައިވާ އިޚްލާޞްތެރި މަސައްކަތްތަކާއި, ދެއްވާފައިވާ ޚިދުމަތްތަކަށްޓަކައި، ދަރަނބޫދޫ ސިއްޙީ މަރުކަޒުގެ މުވައްޒަފުންގެ ނަމުގައި ވަރަށް ހޫނު މަރުޙަބާއެއް ދަންނަވަމެވެ.

ސިއްޙީ މަރުކަޒުގެ ޚިދުމަތްތައް ކުރިއަށްގެންދިއުމުގައްޔާއި، ރަށުގެ ސިއްޙީ ދާއިރާ ތަރައްޤީކުރުމަށް ކައުންސިލުން ދެއްވާ މެދުކެނޑުމެއްނެތް އެހީތެރިކަމާއި، ބަހައްޓަވާ ގާތްގުޅުމަށްޓަކައި އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރަމެވެ. އެއް މުޖުތަމަޢަކަށް ޚިދުމަތްކުރާ ދައުލަތުގެ ދެ މުއައްސަސާގެ ގޮތުގައި ގުޅިގެން ކުރެވޭ މަސައްކަތްތަކުގެ ސަބަބުން، ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމުގައްޔާއި ޚިދުމަތްތައް ހަރުދަނާކުރުމަށް އިތުރު ބާރަކަށް ވެގެންދެއެވެ.

ކައުންސިލާއި ސިއްޙީ މަރުކަޒާ ދެމެދު އޮތް މި ބަދަހި ގުޅުން އަޅުގަނޑުމެން ނުހަނު އުފަލާއެކު ބަލައިގަންނަމެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައިވެސް ރަށުގެ ތަރައްޤީއާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ގުޅިގެން މަސައްކަތްކުރުމުގައި ދެމިތިބޭނެކަމުގެ ޔަޤީންކަން އަރުވަމެވެ.

އެދެނީ ދަރަނބޫދޫ ކައުންސިލަށް ކުރިއަށް އޮތް ތަނުގައިވެސް އިތުރު ކުރިއެރުމާއި ކާމިޔާބީ މިންވަރު ކުރެއްވުމެވެ.

Secretariat of Dharanboodhoo Council

ދުނިޔޭގެ ކެންސަރު ބަލީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މި ސިއްޙީމަރުކަޒުގެ ފަރާތުން  ދަރަނބޫދޫ ސްކޫލުގެ ގްރޭޑް 8 އިން މަ...
04/02/2026

ދުނިޔޭގެ ކެންސަރު ބަލީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މި ސިއްޙީމަރުކަޒުގެ ފަރާތުން ދަރަނބޫދޫ ސްކޫލުގެ ގްރޭޑް 8 އިން މަތީގެ ދަރިވަރުންނަށް ބައްޔާއި ބެހޭ މަޢުލޫމާތު ފޯރުކޮށް ދިނުމާއި، ދުވަހާއި މެދު ހޭލުންތެރިކަން އިތުރު ކުރުމުގެ މަސައްކަތް ވަނީ ކުރެވިފައެވެ.

Ministry of Health Dharanboodhoo School

ކެންސަރަކީ ކޮންމެ މީހަކަށްވެސް ކުރިމަތިވެދާނެ ނުރައްކާތެރި ބައްޔެއްކަން އަޅުގަނޑުމެން ދަންނަންޖެހެއެވެ. އެހެންކަމުން، ކޮ...
04/02/2026

ކެންސަރަކީ ކޮންމެ މީހަކަށްވެސް ކުރިމަތިވެދާނެ ނުރައްކާތެރި ބައްޔެއްކަން އަޅުގަނޑުމެން ދަންނަންޖެހެއެވެ. އެހެންކަމުން، ކޮންމެ ވަގުތެއްގައިވެސް ކުރިމަތިވެދާނެ މިފަދަ ބަލިތަކުން ރައްކާތެރިވުމަށްޓަކައި، ގަވާއިދުން ސިއްހީ ޗެކަޕްތައް ހަދައި، ޑޮކްޓަރުންގެ އިރުޝާދާއި ލަފާ ހޯދުމަށް އަބަދުވެސް ސަމާލުކަން ދޭންވާނެ! ކެންސަރު ބަލީގެ ވޭން ތަޙައްމަލް ކުރަމުން ގެންދަވާ އެންމެހައި ފަރާތްތަކަށް ކެތްތެރިކަން އިތުރުކޮށް ދެއްވައި، އަވަސް ޝިފާއެއް މިންވަރު ކުރައްވާށި! އާމީން 🤲

Ministry of Health

02/02/2026

Address

Male
12040

Telephone

+9606740688

Website

Alerts

Be the first to know and let us send you an email when Dharanboodhoo Health Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category